Last Updated: May 17, 13:59
Friday, May 17, 2024
ޚަބަރު

ބްރިޖް އެޅި ކުންފުނިން މުއިއްޒަށް ފައިސާ ޖަމާކުރި

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓު އަދި މާލެ ސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒުގެ އެކައުންޓަށް ސިނަ މާލެ ބްރިޖް އެޅި ކުންފުނިން ފައިސާ ޖަމާކޮށްފައިވާ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ޑރ. މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ޠޮލާލު ވިދާޅުވެއްޖެއެވެ.

"އަދަދު" ނުހޫގެ ފަރާތުން ޑރ. މުއިއްޒުގެ އެކައުންޓަށް ބިދޭސީ ކުންފުނިތަކުން ގިނަ އަދަދެއްގެ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ބުނެ ޖެހި ހަބަރާއި ގުޅިގެން ޠޮލާލު ވިދާޅުވީ މުއިއްޒުގެ އެކަންޓަށް ޑޮލަރު ޖަމާކުރި އެއް ކުންފުންޏަކީ ސިނަމ މާލެ ބްރިޖް އެޅި ޗައިނާގެ ހުނާން ނަންބަރު 6 އިންޖިނިއަރިން ކޯ ލިމިޓެޑް/ހުނާން ކޮންސްޓްރަކްޝަން އިން ޖަމާކޮށްފައިވާ ޑޮލަރު ކަމަށެވެ.

ޠޮލާލު ވިދާޅުވީ އެ ފައިސާ އަކީ މުއިއްޒު ހުޅުމާލެއިން ގަނެފައިވާ ރޯ ހައުސްއެއްގެ ކުލިއަށްވާ ފައިސާ ކަމަށެވެ.

ރައީސް ޔަމީންގެ ވެރިކަމުގައި އެޅި ބްރިޖްގެ މަސައްކަތަކީ ޑރ. މުއިއްޒުގެ ބެއްލެވުމުގެ ދަށުން އަޅާފައިވާ ބްރިޖެކެވެ. އަދި ބްރިޖް އެޅި މީހުންނަށް މުއިއްޒު ވަޒީރު ކަމުގައި ހުންނަވައިގެން އަމިއްލަ ތަނެއް ކުއްޔަށް ދޫކޮށް ބޮޑު އާމްދަނީއެއް ހޯދާފައިވާ ކަން މިހާރު ވަނީ ފަޅާ އަރާފައެވެ.

މީގެ އިތުރުން ވެސް ބޭރުގެ ބައެއް ކުންފުނިތަކުންނާޢީ، ރާއްޖޭގެ ބައެއް ބޮޑެތި ވިޔަފާރިތަކުން މުއިއްޒުގެ އެކައުންޓަށް ބޮޑެތި އަދަދުން ފައިސާ ޖަމާވެފައިވާ ކަން ޠޮލާލު ވަނީ ޔަޤީންކޮށްދެއްވާފައެވެ.

ޠޮލާލު ވިދާޅުވީ މުއިއްޒުގެ އެކައުންޓަށް ޖަމާމެފައިވާ އެއް މިލިއަން ރުފިޔާ އަކީ އެމްޑީއޭގެ ލީޑަރ މަޝްހޫރު ވިޔަފާރިވެރިޔާ ސަން ޝިޔާމު ދެއްވި ފައިސާ ކަމަށެވެ. އެ ފައިސާ އަކީ މުއިއްޒު ރޯ ހައުސް ގަތުމަށް ދެއްވި ފައިސާ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި މުއިއްޒު ވާދަ ކުރައްވާ އިރު އެމަނިކުފާން ވަނީ މާލޭގެ މެޔަރު ކަމުގައި މާލޭގެ މަގުތައް ޕާކިން އަށް އެޑްވާންސްކޮށް ވިއްކާފައެވެ. އަދި އޭގެ ބައެއް ފައިސާ ކެމްޕެއިންގައި ބޭނުން ކުރައްވާކަމަށް ބުނެ ބައެއް ރައްޔިތުން ދަނީ މުއިއްޒަށް ފާޑު ކިޔަމުންނެވެ.

މުއިއްޒުގެ އެކައުންޓަށް ގިނަ އަދަދެއްގެ ޑޮލަރު ޖަމާވެފައިވާ އިރު ޕީޕީއެމްގެ ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ބައެއް ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާ ޖަމާވެފައިވާ ކަމަށް ބުނެ ވަނީ ދައުވާ އުފުލާފައެވެ. އެގޮތުން ވ. އާރަށުގެ މައްސަލާގައި ރައީސް ޔާމީނަށް ވަނީ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.