Last Updated: August 15, 14:51
Friday, August 15, 2025
ޚަބަރު

ނާޒިމް ކެމްޕޭނަށް ގދ. އަތޮޅަށް

އެމްއެންޕީގެ ރިޔާސީ ޓިކެޓުގައި އިންތިހާބުގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ކެމްޕޭނަށް ގދ. އަތޮޅަށް ފުރާވަޑައިގެންފިއެވެ.

ނާޒިމް ކެމްޕޭނަށް މިއަދު ގދ. އަތޮޅަށް ފުރާވަޑައިގެންނެވިއިރު މިދަތުރުގައި އެމްއެންޕީގެ ލީޑާޝިޕްގައި ހިމެނޭ ފަރާތްތައް ބައިވެރިވެވަޑައިގަންނަވައެވެ.

ނާޒިމް ގދ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރަކީ ސެޕްޓެމްބަރު 5 ގެ ނިޔަލަށް ކުރައްވާ ދަތުރެކެވެ. އަދި މިރޭ 09:00 ގައި ގދ. ތިނަދޫގައި ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކެންޑިޑޭޓުން އަންނަނީ ފޯރިއާއެކު ކެމްޕޭން ކުރައްވަމުންނެވެ.