ބަތަލާ ކަންގަނާ ރަނާވަތު މުހިއްމު ރޯލެއް ކުޅެފައިވާ ތަމަޅަ ހޮރޯ-ކޮމެޑީ "ޗަންދުރަމުކީ 2" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެެވެ.
މި ފިލްމަކީ ރަޖްނީކާންތުގެ 2005 ގެ ކާމިޔާބު ފިލްމު "ޗަންދުރަމުކީ" ގެ ސީކްއެލް އެވެ. އެ ފިލްމު ވެސް ޑައިރެކްޓަރު ޕީ ވަސޫ ޑައިރެކްޓްކޮށްފައިވާ "ޗަންދުރަމުކީ 2" ގެ ބަތަލަކީ އަކްޝޭ ކުމާރުގެ 2020 ހޮރޯ-ކޮމެޑީ "ލަކްޝްމީ" ގެ ޑައިރެކްޓަރު އަދި މަޝްހޫރު ތަމަޅަ އެކްޓަރު ރަގަވާ ލޯރެންސެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޗަންދުރަމުކީ 2" ގައި ކަންގަނާ ފެންނާނީ ޖިންނި އަވަލާފައިވާ މީހެއްގެ ރޯލުންނެވެ.
ސިނަމާތަކަށް "ޗަންދުރަމުކީ 2" އަންނާނީ މި މަހުގެ 15 ގަ އެވެ.