އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެ އިން ހޯދި ކާމިޔާބީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފި އެވެ.
ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަހަރުގެ ގޭމްސްގައި ގައުމީ ޓީމުތަކުން ރާއްޖެ ފަހުރުވެރިކޮށްދީފައިވާ ކަމަށާއި ހޯދި ކާމިޔާބަށް މަރުހަބާ ދަންނަވާ ކަމަށެވެ.
What an exceptional games for Team Maldives! Our final tally at #IOIG23:
5 Gold 🥇
9 Silver 🥈
14 Bronze🥉To our TT, Badminton, Taekwondo, Para-Athletics, Athletics and Basketball teams, you have made us all extremely proud. Congratulations. #KaamiyaabuRajje #Thayyarey pic.twitter.com/onwQ6Lqfgq
— Ibrahim Mohamed Solih (@ibusolih) September 3, 2023
މިއަހަރުގެ މުބާރާތުގައި ގައުމީ ޓީމުތަކުން ވަނީ ޖުމްލަ 28 މެޑަލް ހޯދައި ކުރީގެ ރެކޯޑް ބޮޑުތަނުން މުގުރާލާފަ އެވެ. އެގޮތުން މީގެ ހަތަރު އަހަރުކުރިން ބޭއްވި ގޭމްސްގައި ރާއްޖެ އަށް ހޯދުނީ 15 މެޑަލް އެވެ.
މުބާރާތުގައި ރާއްޖޭގެ ޓީމުން ވަނީ ފަސް ރަން މެޑަލާއި ނުވަ ރިހި މެޑަލްގެ އިތުރުން 14 ލޯ މެޑަލް ހޯދާފަ އެވެ. ފަސް ރަން މެޑަލްގެ ތެރެއިން ހަތަރު މެޑަލް ޓޭބަލް ޓެނިސް ޓީމުން ހޯދިއިރު، ބެޑްމިންޓަނުން ވަނީ އެއް ރަން މެޑަލް ހޯދާފަ އެވެ. ޓީޓީއާއި ބެޑްމިންޓަންގެ އިތުރުން ރާއްޖެއަށް މެޑަލް ހޯދައިދިނީ ޓައެކްވަންޑޯ، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ، އެތުލެޓިކްސް، އަދި ޕެރަ އެތުލެޓިކްސްއިންނެވެ.
ރަން ވަނަތައް ހޯދި އެތްލީޓުންނަށް މަރުހަބާ ކިޔުމަށް އަންނަ އަންގާރަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ކުލަގަދަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.