Last Updated: August 15, 14:51
Friday, August 15, 2025
ޚަބަރު

ހިތަދޫ، ކުނަހަންދޫ ކޯޒްވޭގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ލ. ހިތަދޫ – ކުނަހަންދޫ ކޯޒްވޭގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫއުގެ މަސައްކަތް ފެށުމަށް ސެޕްޓެމްބަރު 2 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 22،408 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 390 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 130 މީޓަރުގެ ސްކައުރިންގ އޭޕްރަން ހެދުމާއި، 225 މީޓަރުގެ ބްރިޖް އެޅުމާއި، 3006 އަކަ މީޓަރުގެ ކެރިއެޖްވޭއެއް ހެދުމާއި، 85 މީޓަރުގެ ރިޓެއިން ވޯލްއެއް ހެދުމާއި، މަގުބައްތި ހަރުކުރުން ހިމެނެއެވެ.

މި މަޝްރޫއަކީ 75.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް ހަވާޅު ކޮށްފައިވަނީ 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.