ގައުމީ އެެއާލައިން، މޯލްޑިވިއަންގެ ފްލީޓްގައި ހިމެނޭ ޑޭޝް-8 މަރުކާގެ ބޯޓްތައް ބަދަލުކުރަން ފަށާފައިވާ މަސައްކަތުގެ ތެރެއިން އޭޓީއާރް46-600 ގެ އިތުރު ދެ ބޯޓް ގަންނަން އެ އެއާލައިނުން ނިންމައިފި އެވެ.
މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން ބުނީ ގަންނަން ނިންމި އިތުރު ދެ ބޯޓްގެ ތެރެއިން ފުރަތަމަ ބޯޓް މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ގެންނާނެ ކަމަށެވެ. އަދި ދެވަނަ ބޯޓް އަންނަ އަހަރުގެ ކުރީކޮޅު ގެންނަން ވަނީ ނިންމައިފަ އެވެ.
މޯލްޑިވިއަން މީގެ ކުރިން ވެސް އޭޓީއާރްގެ ތިން ބޯޓް ގަނެފައިވެ އެވެ. އެ ބޯޓްތައް މިހާރު އަންނަނީ އޮޕަރޭޝަންތަކަށް ބޭނުން ކުރަމުންނެވެ.