Last Updated: August 15, 14:51
Friday, August 15, 2025
ޚަބަރު

މަކުނުދޫ، ކުމުންދޫ ފެނަކަ އާ އޮފީސް ހުޅުވައިދެއްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހދ. މަކުނުދޫއާއި ހދ. ކުމުންދޫގައި ސަރުކާރުން ހިންގި މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވައިފިއެވެ.

މިއަދު މަކުނުދޫ ފެނަކަ އައު އޮފީސް އިމާރާތް އަދި ކުމުންދޫ އައު އިންޖީނުގެއާއި ފެނަކަ އައު އޮފީސް އިމާރާތް ހުޅުއްވައިދެއްވާފައިވަނީ ހދ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.

މަކުނުދޫ ފެނަކަ އައު އޮފީސް އިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް އިމާރާތެކެވެ. މީގެ އިތުރުން ކުމުންދޫ ފެނަކަ އައު އޮފީސް އިމާރާތަކީ ވެސް ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް އިމާރާތެކެވެ. އަދި ކުމުންދޫ އިންޖީނުގޭގެ ކެޕޭސިޓީ މިހާރު ވަނީ 760 ކިލޯވޮޓުން 1000 ކިލޯވޮޓަށް އިތުރުކޮށްފައެވެ.

ރައީސް ސޯލިހް ކެމްޕޭނަށް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށްރަށުގައި ސަރުކާރުން ނިންމާފައިވާ މަޝްރޫއުތައް އަންނަނީ އިފްތިތާހު ކޮށްދެއްވަމުންނެވެ.