އޭ ލެވެލް ނިންމާ ދަރިވަރުންނަށް ހާއްސަކޮށްގެން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީ) އިން ކުރިއަށް ގެންދަން ނިންމި "ބިނާވެހި" ޕްރޮގްރާމް ފަށައިފި އެވެ.
އެގާގަ ބައިވެރިންނާ އެކީ އިއްޔެ ފެށި މި އިންޓާންޝިޕް ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ހަ މަސް ދުވަހަށެވެ. އެ މުއްދަތުގެ ތެރޭގައި އާރްޑީސީގެ ތަޖުރިބާކާރުންނާ އެކީ މަސައްކަތްކުރުމުގެ ފުރުސަތު ލިބި ކަމާ ގުޅުން ހުރިހާ 11 ދާއިރާތަކުން ހުނަރުތައް ދަސްވެގެން ދާނެ އެވެ.
އާރްޑީސީން ބުނީ "ބިނާވެހި" ޕްރޮގްރާމްގެ ބައިވެރިންނަށް މަހަކު 5،000ރ. ގެ އެލަވަންސެއް ވެސް ލިބޭނެ ކަމަށާއި ޕްރޮގްރާމް ނިމުމުން އެ ކުންފުނީގައި ވަޒީފާ އަދާކުރުކުގެ ފުރުސަތު ވެސް ފަހިވާނެ ކަމަށެވެ.
މިއީ "ބިނާވެހި" ޕްރޮގްރާމްގެ ފުރަތަމަ ބުރެވެ.