އއ. ރަސްދޫގައި 50 ހައުސިން ޔުނިޓް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން އެސްޖޭއަށް މި މަސައްކަތް ހަވާލު ކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 84.2 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގައި ހިމެނެނީ 50 ހައުސިން ޔުނިޓެވެ. ކޮންމެ ހައުސިން ޔުނިޓެއްގައި 1000 އަކަފޫޓު ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.
މިއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯ ރޫމް ހިމެނެއެވެ. މީގެއިތުރުން ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަައް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލި ކުރެވިގެންދާނެ ކަމަށާއި ޕާރކަކާއި ވެހިކަލް ޕާކް ކުރާނެ ސަރަހައްދެއް ގާއިމުކުރެވިގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.