Last Updated: June 13, 11:58
Saturday, June 13, 2026
ޚަބަރު

ނައިބު ރައީސްގެ ބައްޕައާ އެކީ ގާސިމު

ކެމްޕޭނަށް ފުވައްމުލަކަށް ކުރައްވާ ދަތުރުގެ ތެރޭގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހީމް މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމުގެ ބައްޕައާ ބައްދަލުކުރައްވައިފި އެވެ.

އެ ގެއަށް ވަޑައިގެން އަހުމަދު ނަސީމާ، ގާސިމް ބައްދަލުކުރައްވާ ފޮޓޯތަކެއް ވެސް ޖޭޕީގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ. އޭގައި ބުނެފައި ވަނީ ގާސިމާއި ނަސީމަކީ ވަރަށް ކުރިން ފެށިގެން ވެސް ދެ ރަހުމަތްތެރިން ކަމަށެވެ. އެގޮތުން ފުވައްމުލަކަށް އިއްޔެ ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފަހު ގާސިމް އެންމެ ފުރަތަމަ ވަޑައިގެންނެވީ ވެސް ނަސީމާ ބައްދަލު ކުރެއްވުމަށް ކަމަށް ބުނެފައިވެ އެވެ.

ފައިސަލަކީ ޖޭޕީ އަށް ނިސްބަތްވާ ބޭފުޅަކަށް ވިޔަސް ނައިބު ރައީސް ކަމަށް ވަޑައިގަތް ފަހުން އޭނަނަ އުޅުއްވަނީ އެ ޕާޓީއާ ވަރަށް ދުރުކޮށެވެ. ފައިސަލަކީ ކުރިން ވިލާގެ ބައެެއް ރިސޯޓްތަކުގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާ އަދި ގާސިމްގެ އެހީގައި މަތީ ތައުލީމު ވެސް ހާސިލު ކުރެއްވި ބޭފުޅެކެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ނައިބު ރައީސެއްގެ ގޮތުގައި އަދާކުރެއްވި ދައުރާ އަކީ ފައިސަލް ވެފައި ވަނީ އާންމުން ވަރަށް އިހުތިރާމުކުރާ ބޭފުޅަކަށެވެ. މި ފަހަރުގެ އިންތިހާބުގައި ވެސް ރައީސްގެ ރަނިންމޭޓަކަށް އޭނަ ޝައުގުވެރިކަން ފާޅުކުރެއްވި އެވެ.

ނަމަވެސް ރައީސް ސޯލިހުގެ ރަނިންމޭޓްކަން މި ފަހަރު ދިނީ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށެވެ.