Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

ރިސޯޓް ތަރައްގީކުރަން 3 ރަށެއް ބީލަމުގައި

ރިސޯޓް ތަރައްގީކުރަން ތިން ރަށެއް ބީލަމަށް ހުޅުވާލައިފި އެވެ. ގޮތުގައި ތަރައްގީކުރަން ހުޅުވާލައިފި އެވެ.

އެއީ މިދިޔަ މަހު ބީލަމަށްލި ހއ. މެދަފުށްޓާއި، ށ.ނަލަންދޫގެ އިތުރުން ތ. ރުއްތިބިރަށެވެ. މީގެ ތެރެއިން މެދަފުށްޓާއި ނަލަންދޫ އަކީ މިދިޔަ މަހުގެ ތެރޭގައި ވެސް ބީލަމަށް ހުޅުވާލި ދެ ރަށެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ރަށްތައް ތަރައްގީ ކުރަން އަލުން ހުޅުވާލީ ބީލަމަށް އިސްލާހުތަކެއް ގެނައުމަށް ފަހު އެއަށް ރުއްތިބި ރަށް ވެސް އިތުރުކުރުމަށް ފަހު ކަމަށެވެ.

ރުއްތިބި ރަށަކީ ކުރިން ވެސް ރިސޯޓެއް ތަރައްގީކުރަން އެމްއެސްއެން ރިއަލިޓީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލުކުރެވި، 2018 ގެ ޖެނުއަރީގެ ތެރޭގައި އެ މަސައްކަތުގެ ފެށުން ވެސް ފާހަގަކުރި ރަށެކެވެ.

އެހެންވެ މި ތިން ރަށަށް ބީލަން ހުށެހެޅުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަަހާ ހަމައަށް މިހާރު ފުރުސަތު އޮންނާނެ އެވެ. ހެނދުނު 10:00 ޖެހުމާއި ހަމައަށް ވަނީ ހުޅުވާލައްވާފައެވެ.

މެދަފުށީގައި 120 އެނދުގެ ރިސޯޓެއް ތަރައްގީކުރަން ހަމަޖެހިފައިވާ އިރު، ރުއްތިބިރަށުގައި 100 އެނދު އަދި ނަލަންދޫގައި 200 އެނދު ތަރައްގީކުރުމަށް ހަމަޖެހިފައިވެ އެވެ.