Last Updated: May 12, 17:05
Monday, May 12, 2025
ޚަބަރު

ނެއްލައިދޫ އައު އިންޖީނުގެ ހުޅުވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހދ. ނެއްލައިދޫ އައު އިންޖީނުގެ ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ރައީސް ސޯލިހް މި އިންޖީނުގެ ހުޅުވައިދެއްވާފައިވަނީ އިއްޔެ އެރަށަށް ވަޑައިގެންނެވެ.

ނެއްލައިދޫ އާ އިންޖީނު ގެއަކީ 32 މީހުންގެ ޖާގައިގެ އިންޖީނުގެއެކެވެ. ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ މި އިންޖީނު ގޭގައި ކޮންޓްރޯލް ރޫމް، އިންޖީން ރޫމް، ޗިމްނީ، ސްޓޯރ، ޕޭންޓްރީ، ފާޚާނާ، އަދި ވޯރކްޝޮޕެއް ހިމެނެއެވެ.

ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ތަރައްގީ ކޮށްފައިވާ މި އިންޖީނުގެއަކީ 980KW ގެ ކެޕޭސިޓީއެއް ހުރި އިންޖީނުގެއެކެވެ.