Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

ހިއްކި ބިންތަކުގެ ލޭންޑް ޔޫޒް ޕްލޭން ހަދަން ބީލަމަށް

ހިއްކާފައިވާ މަރަދޫ މިހާރު މަތިން ފެންނަ ގޮތް.

އައްޑޫން އަލަށް ހިއްކި ބިންތަކުގެ ލޭންޑް ޔޫޒް ޕްލޭން ހަދައި ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ ހިތަދު އާއި މަަރަދޫގެ އިތުރުން މަރަދޫފޭދޫން ހިއްކި ބިންތަކުގެ ލޭންޑް ޔޫޒް ޕްލޭން ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ބީލަމުގައި ބައިވެރިވާން މި މަހުގެ 13 ގެ މެންދުރު ފަހު 2:00 ކުރިން ރަޖިސްޓްރީކުރަން ޖެހޭނެ އެވެ. ރަޖިސްޓްރީކުރާނީ ކުންފުނި، ނުވަތަ ވިޔަފާރީގެ ނަމާއި ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް މި މެއިލަށް [email protected] ފޮނުވައިގެންނެވެ. އަދި އިތުރު މައުލޫމާތު މި މެއިލުން [email protected] ހޯދޭނެ އެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން މަރަދު އާއި މަރަދޫފޭދު އަކީ އެންމެ ފުރަތަމަ ބިން ހިއްކި ދެ އަވަށެވެ. އަދި ހިތަދޫން ހިއްކާ ބިމުގެ ފުރަތަމަ ފޭސް ވެސް މިހާރު އޮތީ ނިންމައިފަ އެވެ. އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައި އޮތީ ނެދަލޭންޑްސްގެ ވެން އޫޑްއާ އެވެ.

މި މަޝްރޫއުގެ ތެރެއިން ޓޫރިޒަމަށް ހާއްސަކޮށްގެން ތިން ރަށް ވެސް ހިއްކާފައިވެ އެވެ. އެ ރަށްތަކަށް ކައުންސިލުން މިހާރު ވަނީ ނަން ވެސް ދީފަ އެވެ. އެ ރަށްތަކުގައި ރިސޯޓްތ ތަރައްގީކުރަން ވަރަށް އަވަހަށް ހުޅުވައިލަން ހަމަޖެހިފައިވެ އެވެ.