Last Updated: July 23, 14:58
Thursday, July 23, 2026
ޚަބަރު

މުއިއްޒަށް ހަމަލާ ދޭން މަސައްކަތްކޮށްފި

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ހަމަލާދޭން ބަޔަކު މަސައްކަތް ކޮށްފިއެވެ.

މި ހަމަނުޖެހުން ހިނގާފައިވަނީ ކެންޑިޑޭޓް މުއިއްޒު އއ. މަތިވެރިއަށް ވަޑައިގަނެ އެރަށުގެ ސަޕޯޓަރުންނާ ސަލާމްކުރައްވަމުން ދަނިކޮށެވެ.

މަންޒަރުތަކުން ފެންނަގޮތުން އެވަގުތު ހަމަނުޖެހުން ހިންގަން މަސައްކަތްކުރި މީހުން ދުރަށް ޖައްސާފައިވަނީ އެވަގުތު އެ ސަރަހައްދުގައި ތިބި މުއިއްޒުގެ ސަޕޯޓަރުންނާއި ފުލުހުން ގުޅިގެންނެވެ.

ސެޕްޓެމްބަރު 9 ގައި އިންތިހާބު އޮންނައިރު ރިޔާސީ ކެންޑިޑޭޓް މުއިއްޒު އެކި ރަށްރަށަށް ދަތުރުކުރައްވާ ކެމްޕޭން ހަރަކާތްތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ.