އާބަންކޯއާއި މޯލްޑިވްސް އިންސްޓިޓިއުޓް ފޯ ޓެކްނޮލޮޖީ ގުޅިގެން ކުރިއަށް ގެންދިޔަ ވިލުންވެރި ކަނބަލުން ޕްރޮގްރާމް ނިންމި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
މި ޕްރޮގްރާމަކީ އަންހެނުންނަށް ޚާއްސަކޮށްގެން، އަންހެނުން ބާރުވެރިކުރުމަށް ކުރިއަށްގެންދެވުނު ޓްރެއިނިންގ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމްގައި އާއްމު ދިރިއުޅުމުގައި ގޭތެރޭގައި ބޭނުންކުރާ ހިފާގެންގުޅޭ ކަރަންޓުސާމާނު ރައްކާތެރިކޮށް ބޭނުންކުރާނެ ގޮތާއި، އެތަކެއްޗަށް ދިމާވާ ކުދިކުދި ކަރަންޓު މައްސަލަތަކަކީ ކޮބާކަމާއި އެ ކަންކަން ހައްލު ކުރާނެގޮތް ދަސްކޮށްދެވިގެންދިޔައެވެ.
ވިލުނުވެރި ކަނބަލުންގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އަރބަނކޯގެ ޗީފް ހޮސްޕިޓާލިޓީ އޮފިސަރ އިބްރާހިމް އިނާޒްއެވެ. މި ރަސްމިއްޔާތުގައި މި ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ 150 ކަނބަލުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
އަރބަންކޯއިން ބުނީ އެކުންފުނިން އަބަދުވެސް މުޖްތަމައުގެ ފަރުދުން ބާރުވެރިކުރުވައި ހޭލުންތެރިކުރުމަށް ތަފަތު ޕްރޮގްރާމްތަކާއި ޓްރެއިނިންގްތައް ކުރިއަށް ގެންދަމުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ޓްރެއިނިންގްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އެކުންފުނިން ހާމަކުރެއެވެ.