އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމުގެ މަތިން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އާއި ހަވާލު ކޮށްގެން ކުރިއަށް ގެންދާ އެސް.އެމް.އީ ހަބް ގެ ދެވަނަ ފިޔަވަހި ރަސްމީކޮށް ހުޅުވައިފިއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެމާޒުކޮށްގެން ތަރައްޤީ ކުރެއްވިފައިވާ އެސްއެމްއީ ހަބްގެ، ދެވަނަ ފިޔަވައްސަކީ އެތަނުގެ ދެ ވަނަ ފަންގިފިލާއެވެ. މިތަން ހުޅުވައި ދެއްވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ނީޒާ އިމާދުއެވެ.
މި ހަބްގެ އަމާޒަކީ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހެޔޮ އަގުގައި ވިޔަފާރީގެ ޖާގަ ހޯދައިދިނުމާއި ލޯކަލް އަދި ބައިނަލްއަގްވާމީ މާކެޓުތަކަށް ތައާރަފްކޮށް ވިޔަފާރި ކުރިއެރުވުމަށް މަގު ފަހިކޮށްދިނުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އެސް. އެމް.އީ ހަބްގެ ފުރަތަމަ ފޭސް ހުޅުވިފައިވަނީ ކާބޯތަކެތި ވިއްކާ 19 ކިޔޮސްކް އާއި ބުކް ސުޓޯލް އަކާއި އެކުއެވެ.
State Minister Neeza Imad officially opened the @SMEhub_mv 2nd Floor which includes arts & craft kiosks, salon, gaming arcade & cinema – reaffirming government's commitment to empowering MSMEs
Initiative by: @MoED
Managed by: @BCC_mv
Development partner: @WorldBank pic.twitter.com/llrOdA08Rl— Economy & Trade (@MoEDmv) September 5, 2023
އެސް.އެމް.އީ ހަބްގެ ދެވަނަ ފަންގިފިލާ ހުޅުވަނީ އާރޓްސް އެންޑް ކްރާފްޓްގެ އުފެއްދުން ވިއްކުމަށް 5 ސްޓޯލް، ގާރމަންޓް އުފެއްދުން ވިއްކުމަށް 4 ސްޓޯލް، އަދި ޑެއިލީ-ޔޫސް އަށް 1 ޕޮޕްއަޕް ސްޓޯލް އާއި އެކުއެވެ. މީގެ އިތުުރުން ދިވެހި ފަންނުވެރިންނާއި ކުރެހުންތެރިންނަށް ހާއްސަކޮށްގެން އާރޓް ގެލަރީ ވަނީ ގާއިމްކޮށްފައެވެ.
މިއާއެކު، ޒުވާނުންނަށް ހާއްސަކޮށްގެން ގޭމިން ރޫމަކާއި، ކުޑަކުދިންނަށް ހާއްސަކޮށްގެން "ކިޑްސް ޕްލޭ" އޭރިއާއެއް މިތަނުގައިވަނީ ގާއިމްކޮށްފައެވެ. އަދި 25 މީހުންގެ ޖާގަ ހުންނަ ކުޑަ ސިނެމާއެއްވެސް މިތަނުގައި ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގެ އިގްތިސާދް ކުރިއަރުވައި ހަރުދަނާ ކުރުމުގެ ގޮތުން، މިފަދަ ހަބްތައް މާލޭގެ އިތުރުން ކުޅުދުއްފުށި ސިޓީއާއި އައްޑޫސިޓީގައި ގާއިމްކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.