Last Updated: June 13, 11:58
Saturday, June 13, 2026
ޚަބަރު

ހައި ރައިޒް އިއްސެ ވެސް އެމްޑީޕީ އަށް

ރާއްޖޭގައި ބޮޑެތި އިވެންޓްތައް ބާއްވާ ހައި ރައިޒް މޯލްޑިވްސްގެ ރައީސް އިސްމާއީލް ހަމީދު (ހައިރައިޒް އިއްސެ) ވެސް އެމްޑީޕީ އަށް ސޮއިކޮށްފި އެވެ.

އޭނަ އެ ޕާޓީ އަށް ސޮއިކޮށް، ފޯމު ހަވާލުކޮށްފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެވެ.

އިއްސެ އަކީ ރާއްޖޭގެ ޓޫރިޒަމާއި ވިޔަފާރިތައް ޕްރޮމޯޓްކުރަން ވަރަށް މުހިއްމު ދައުރެއް އަދާކުރާ ވިޔަފާވެރިއެކެވެ. ޓޫރިޒަމް ދާއިރާ އިން މި ސަރަހައްދުގައި ދެވޭ އެންމެ ފާހަގަކޮށްލެވޭ އެއް އެވޯޑް ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) އަކީ ހައި ރައިޒުން އިންތިޒާމުކުރާ އެވޯޑެކެވެ.

މީގެ އިތުރުން މެރިން އެކްސްޕޯ އާއި ލިވިން އެކްސްޕޯ ފަދަ ބޮޑެތި އިވެންޓްތައް އިއްސެ އިސްކޮށް ހުރެގެން ބާއްވަ އެވެ. އިއްސެ އަކީ ނެޝަނަލް ބޯޓިން އެސޯސިއޭޝަންގެ ރައީސް ވެސް މެ އެވެ.

އިއްސެ އަކީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ނާޒިމްގެ ޅިޔަނެކެވެ.