މީދޫން 10 ވަރަކަށް ފޫޓްގެ ކިނބުލެއް ބަޔަކަށް ފެނުނު ކަމަށް ރިޕޯޓް ކުރުމާ ގުޅިގެން އެކަން ބަލަމުން އަންނަ ކަމަށް ހުޅުމީދޫ ކަައުންސިލަރު އަލީ މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ އެ ރަށުގެ ބަނދަރު ފަޅުތެރެއިން 10 ވަރަަކަށް ފޫޓް ކިނބުލެއް ފެނުނު ކަމަށް ބުނެ ރަށުގެ ތިން ކުއްޖަކު ރިޕޯޓްކޮށްފައި ވަނީ މިރޭ އިރު އޮއްސުނު ފަހުން ކަމަށެވެ.
"އެ ކުދިން ބުނަނީ ވެލައެއް ތުންގަނޑަށް ޖަހާލައިގެން ދަނިކޮށް ކަމަށް ކިނބޫ ފެނުނީ،" އޭނާ ވިދާޅުވި އެވެ. "އަދި އޭގައި 10 ވަރަކަށް ފޫޓް ވެސް ހުންނާނެ ކަމަށް އެ ކުދިން ބުނެފައިވޭ."
އޭނާ ވިދާޅުވީ އެރަށުން ކިނބުލެއް ފެނުނު ކަމަށް ރިޕޯޓްކޮށްފައިވާތީ ފުލުހުންނަށާއި އެމްއެންޑީއެފްގެ ސަދަން އޭރިއާ އާ ވެސް އެ މައުލޫމާތު ހިއްސާ ކުރައްވާފައިވާ ކަަމަށެވެ. ނަމަވެސް މިކަމާއި ބެހޭގޮތުން ފުލުހުންނާއި އެމްއެންޑީއެފްގެ ބަހެއް ހޯދަން ގުޅުމުން އެ ފަރާތްތަކުގެ ބަހެއް އަދި ލިބޭ ގޮތެއް ވަނީ ނުވެފައެވެ.
މީދޫން ކިނބުލެއް ފެނުނު ކަމަށް ރިޕޯޓް ކުރުމާ ގުޅިގެން އެރަށުގެ ގިނަ ބަޔަކު މިހާރު ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ.ރަށުގެ ރައްޔިތުން ބުނާ ކިނބުލެއް ފެނުނު ކަމަށް ބުނަންޏާ އެ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަން ޖެހޭނެއެވެ.
މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުން އާދަޔާޚިލާފަށް ގިނައިން ކިނބޫ ފެންނަމުން ދެ އެވެ. މިއަދު ވެސް ދެ ސަރަހައްދަކުން ކިނބޫ ފެނިފައި ވެ އެވެ