Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

އަލިފާނުގެ އިތުރު ބޮޑު ހާދިސާއެއް ހިނގައިފި

އަލިފާނުގެ އިތުރު ބޮޑު ހާދިސާއެއް މިއަދު ހިނގައިފި އެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން ވަނީ ޖޯއި އައިލޭންޑް ބައި ކުކޫން ކަލެކްޝަން ކުރިމަތިން ހިއްކައިގެން ތަރައްގީކުރަމުން އަންނަ ރަށުގައި އަލިފާންގެ ހާދިސާއެއް ހިނގައިފަ އެވެ. އެގޮތު އެތަނުގެ ސްޓާފް ބްލޮކެއްގައި ރޯވެ މިހާރު ދަނީ އަނދަމުންނެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މިޑިއާގައި އާންމުކޮށްފައިވެ އެވެ. އޭގައި ބޯދުމާ އެކީ އެ ސަރަހައްދު އަނދަމުންދާ ތަން ފެނެ އެވެ.

މިއަދު ފަހިތު މާލޭގެ ފިހާރައެއްގައު ވެސް ރޯވެ އަނދައި ހުލިވެފައިވެ އެވެ.