Last Updated: June 6, 22:05
Saturday, June 6, 2026
ޚަބަރު

ބިއޯންޑްގެ ދަތުރުތައް ނޮވެމްބަރު މެދުތެރޭ ފަށަނީ

ބިއޯންޑް އެއާލައިންގެ ލިވެރީ / ފޮޓޯ: ބިއޯންޑް

ބިއޯންޑް އެއަރލައިންގެ ފުރަތަމަ ދަތުރުތައް ނޮވެމްބަރު މަހު ފަށާނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ދިވެހި ރާއްޖޭގެ ސިމްޑީ ކުންފުންޏާއި ޔޫއޭއީގެ އަރަބެސްކް ގުޅިގެން އުފައްދާފައިވާ އެއާލަނުގެ ރަސްމީ ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ މިއަހަރު ނޮވެމްބަރު މަހުއެވެ. އެގޮތުން ފުރަތަމަ ދަތުރުތައް ކުރާނީ ޖަރުމަންވިލާތުގެ މިއުނި އަށާއި ސްވިޒަލޭންޑުގެ ޒުއިރިކް އަށެވެ.

ޖަރުމަންވިލާތައް ކުރާ ދަތުރު އޮންނާނީ ނޮވެމްބަރު މަހުގެ 15 ގައެވެ. ޒޫރިކްއަށް ކުރާ ދަތުރުތައް ފަށާނީ ނޮވެމްބަރު މަހުގެ 17 ގައެވެ.

ބިއޯންޑް ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރ ސާޝާ ފިއުހާޑް މިކަމާއި ގުޅޭގޮތުން ވިދާޅުވީ ބިއޯންޑުގެ ދަތުރުތައް މިއުނިކް އަދި ޒޫރިކް ދަތުރަތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން މިމަންޒިލްތަކުން ރާއްޖެއަށް ލަގްޒަރީ ފެންވަރުގައި ދަތުރު ކުރެވޭނެ ކަމަށެވެ. އަދި ކަސްޓަމަރުންގެ އުއްމީދުތަކަށް ވުރެ ފުރިހަމަކޮށް ޙިދުމަތް ލޯންޗުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ބިއޯންޑް އެއާލައިން ދަތުރުތައް ފެށުމަށް ތައްޔާރުވެފައިވާއިރު، އެއާލައިންއަށް ބޭނުންވާ ބޯޓުތައް ވެސް މިހާރު ރާއްޖެ ވަނީ ގެނެސްފައެވެ. އަދި އެއާލައިންގެ ޓެސްޓު ދަތުރެއް އައްޑޫސިޓީއަށް އެއާލައިނުން ވަނީކޮށްފައެވެ. މި އެއާލައިންގެ ދަތުރުތަކަށް ބޭނުން ކުރާނީ އޭ-320 މަރުކާގެ ބޯޓްތަކެވެ.

ބިއޯންޑް" ގެ އަމާޒަކީ ހިދުމަތް ފަށާ އިރު، ދުނިޔޭގެ 60 މަންޒިލަކަށް އުދުހުމެވެ. ފުރަތަމަ ދަތުރުތައް ފަށާ މަންޒިލްތަކުގެ ތެރޭގައި ފްރާންސްގެ ޕެރިސް، އޮސްޓްރިއާގެ ވިއެނާ، ޔޫއޭއީގެ ދުބާއީ، އިޓަލީގެ މިލާން، ހޮންކޮންގް، ޓައިޕޭ އަދި ސިންގަޕޫރް ހިމެނެ އެވެ.