ސައުދީ އަރަބިއްޔާގައި އިން އަލަށް މިއުޒިކް ޑިޕްލޮމާ ކޯހެއް ހިންގަން ނިންމައިފި އެވެ.
މި މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ މި ކޯސް ކުރިއަށް ގެންދާނީ ރިޔާދުގެ މިއުޒިކް ހޯމް ސްކޫލް އޮފް އާޓްއިންނެވެ. މިއުޒިކް ޑިލްލޮމާ ކޯހެއް ސައުދީގައި އަލަށް ހިންގަން ތައްޔާރު މި ވަނީ އެކަމަށް އެ ގައުމުގެ ކަލްޗް މިނިސްޓްރީން ހުއްދަ ވެސް ދިނުމާ އެކީގަ އެވެ.
ދެ އަހަރު ދުވަހުގެ މި ކޯހަށް ވަރަށް އަވަހަށް ހުޅުވައިލަން ވަނީ ނިންމައިފަ އެވެ.
އިސްލާމީ ސަގާފަތާ ބީރައްޓެހި އެއްޗަކަށް މިއުޒިކް ވިޔަސް ސައުދީގައި ތާރަ އާއި އެ ނޫން ވެސް އިހުގެ ބައެއް އާލާތަކުން މިއުޒިކު ކުޅުމަކީ އެކި މުނާސަބަތުތަކުގައި ސައުދީން ކުރާ ކަމެކެވެ. އެ ގައުމުގެ ކަލްޗަ މިނިސްޓްރީން ބުނީ މިއުޒިކް ކޯސްތަކެއް ހިންގައި، އެ ދާއިރާ އިން ކިޔަވަން ޒުވާނުންނަށް ފުރުސަަތު ހުޅުވައިލުމުގެ ކުރިއެރުންތަކެއް ލިބޭނެ ކަމެއް ކަމަށެވެ.
ސައުދީ އަށް މި ފަހުން ހުޅަނގުގެ އާދަކާތައް ވަރަށް ބޮޑަށް ފެތެރެމުންދާ އިރު، މިއީ އެ ގައުމުގެ ޒުވާން ވަލީއަހުދު ސަލްމާން ބިން މުހައްމަދު ގެންނަވަން ފަށާފައިވާ ރިފޯމްތަކުގެ ތެރެއިން އަންނަމުންދާ ބަދަލުތަކެވެ. އެގޮތުން ބޭރުން ފަންނާނުން ގެންގޮސްގެން މިއުޒިކް ޝޯތައް މި ފަހުން ބާއްވަ އެވެ.