Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

ޑްރަގާ އެކު ހިތަދޫން ދެ މީހަކު ހައްޔަރު

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅާ އެކު ދެ މީހަކު ހިތަދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި މައްސަލަ އާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 22 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނަކީ ވެސް ދިވެހިންނެވެ.

މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހިތަދޫ ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް ހިތަދޫ ޕަވަ ޕާކް ރެސްޓޯރަންޓްކައިރިން އެ ދެ މީހުންގެ އަމަލުތައް ހުރިގޮތުން ތުހުމަތު ކުރެވިގެން މި މަހުގެ 2 ވަނަ ދުވަހުގެރޭ 19:30 ހާއިރު އެވެ.

އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސް ކުރި އިރު އެ ދެ މީހުން އެ ވަގުތު ތިބި ތަނުން މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅު ފެނިފައިވެ އެވެ.