Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ޝިލްޕާ އަކީ ގެވެހި އަންބެއް

ގެވެހި އަންބެއްގެ ދިރިއުޅުމަށް ދިމާވާ ގޮންޖެހުންތަކާ ބަތަލާ ޝިލްޕާ ޝެޓީ ކުރިމަތިލާ ގޮތް ދައްކުވައިދޭ ފިލްމު "ސުކީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި މަހުގެ 22 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، ސޯނަލް ޖޯޝީ ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. "ސުކީ" އިން ބޮޑު ކާސްޓެއް ފެންނާނެ އެވެ. އެކަމަކު މީގައި މާ މަޝްހޫރު ތަރިންތަކެއް ނެތެވެ. "ސުކީ" ގައި ޝިލްޕާއާ އެކީ ފެންނާނެ އެންމެ ފާހަގަކޮށްލެވޭ އެކަކީ އަމިތު ސާދެވެ.

މީގެ 23 އަހަރު ކުރިން ރިލީޒްކުރި "ދަޅްކަން" އިން ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ހޯދި ޝިލްޕާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އޭނަ ސަޕޯޓިން ރޯލަކުން ފެނުން "ނިކައްމާ" އެވެ. އޭނަގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ކަންނާޑާ ފިލްމު "ކޭޑީ" ގެ އިތުރުން އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" ހިމެނެ އެވެ.