Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ޒައިދުގެ ތާއިދު ޑރ. މުއިއްޒަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރުމަށް ޝެއިހް އަލީ ޒައިދު ނިންމަވައިފިއެވެ.

އަލީ ޒައިދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ތާއީދުކުރަމުންއައި ފަރާތެކެވެ.

އެހެންނަމަވެސް މިއަދު ކުރެއްވި ޓްވީޓެއްގައި ޒައިދު ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޑރ. މުއިއްޒަށް ތާއީދު ކުރައްވާ ކަމަށެވެ.

އަދި ޑރ. މުއިއްޒަށް ތާއީދު ކުރުމަށް ނިންމީ މިވަގުތު ޤައުމުގެ ވެރިކަމަށް އެންމެ މުނާސަބު ކެނޑިޑޭޓަކީ ޑރ މުއިއްޒު ކަމުގައި ގަބޫލުކުރެވޭތީ ކަމަށްވެސް ޒައިދު ވިދާޅުވިއެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު ކެންޑިޑޭޓުން އަންނަނީ ފޯރީގައި ކެމްޕޭން ކުރަމުންނެވެ.