Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ފާރިސް ކެމްޕޭނަށް އައްޑޫއަށް

ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ފާރިސް މައުމޫން ކެމްޕޭނަށް އައްޑޫސީޓީއަށް ވަޑައިގެންފިއެވެ.

ފާރިސް ކެމްޕޭނަށް އައްޑޫސިޓީއަށް ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ފާރިސް އިއްޔެ ވަނީ ކެމްޕޭނަށް ފުވައްމުލަކަށްވެސް ވަޑައިގެންފައެވެ. އެގޮތުން ފުވައްމުލަކުގައި ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންނާ ބައްދަލުކުރައްވާފައިވެއެވެ.

ފާރިސް އައްޑުއަށް ވަޑައިގެންފައިވާއިރު އައްޑޫގައިވެސް ސަޕޯޓަރުންނާ ބައްދަލުކުރައްވާ ދޮރުންދޮރަށް ހިންގެވުމަށް ވަނީ ހަމަޖެހިފައެވެ.

ފާރިސް ކެމްޕޭނަށް ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުގެ ތެރެއިން ސަޕޯޓުންނާ ބައްދަލުކުރައްވާ އަންނަނީ ސިޔާސަތުތައް ސާފުކޮށްދެއްވަމުންނެވެ.

ފާރިސް ކެމްޕޭނަށް އައްޑޫގައި ހަރަކާތްތެރިވާއިރު ފާރިސްގެ ރަނިންމޭޓް ޑރ. އަބްދުއްސަައްތާރް ވެސް އަންނަނީ ކެމްޕޭނަށް ވ. މ. ފ. އަދި ދ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރައްވަމުންނެވެ.