ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިލްޔާސް ލަބީބްގެ ކެމްޕޭން ނިންމުމުގެ ޖަލްސާ މި ރޭ މާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 08:30 ގައި ސަލްޓަންޕާކުގައެވެ. މި ޖަލްސާގައި ވީހާވެސް ގިނަ ފަރާތްތަކަކުން ބައިވެރިވުމަށް ޑިމޮކްރެޓްސްއިން އެދިފައިވެއެވެ.
#IlliAmr2023 finale jalsa tonight 🙌🏾 https://t.co/jCbEw6Qxrf
— The Democrats (@TheDemocratsMV) September 7, 2023
ރިޔާސީ އިންތިހާބުގެ ކެމްޕޭން ހަރަކާތްތައް ހުއްޓުމެއްނެތި ފޯރީގައި ކުރިއަށްދާއިރު އިލްޔާސް އަދި ރަނިންމޭޓް ހުސައިން އަމްރޫވެސް އަންނަނީ ރަށްރަށަށް ދަތުރު ކުރައްވާ ކެމްޕޭން ހަރަކާތްތައް ފޯރިއާއެކު ކުރިއަށް ގެންދަމުންނެވެ. އެގޮތުން ރޭގައި ވަނީ އައްޑޫސިޓީގައިވެސް ފޯރިގަދަ ޖަލްސާއެއް ބާއްވާފައެވެ.
ސެޕްޓެމްބަރު 9 ގައި ރިޔާސީ އިންތިހާބު އޮންނައިރު ކެންޑިޑޭޓުން އަންނަނީ ފޯރީގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.