ސ. ހިތަދޫގައި އިމާރާތްކުރާ 200 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ބީވާރ ބިލްޑާރސް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފިއެވެ.
މިމަޝްރޫއަށް ހަރަދު ކުރަނީ ދިވެހި ސަރުކާރުން 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުންނެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވަނީ މިމަސައްކަތް ހަވާލު ކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 214.8 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގައި ހިމެނެނީ 200 ހައުސިން ޔުނިޓެވެ. ކޮންމެ ހައުސިންގ ޔުނިޓެއްގައި 1000 އަކަފޫޓް ހުންނާނެއެވެ. ޔުނިޓެއްގައި ހިމެނޭނީ 3 ކޮޓަރި، 3 ފާހާނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެވެ.
ހައުސިމް ޔުނިޓްތައް އިމާރާތް ކުރެވެނީ 11 ބުރީގެ ދެ ބިލްޑިންއަށް ވާގޮތަށެވެ. ގްރައުންޑް ފްލޯ ބޭނުންކުރާނީ ކޮމާޝަލް އަދި މެއިންޓަނަންސް އޮފީސް އަދި ޕާރކިން ހެދޭނެ ޖާގައެއް ދެވޭނެ ގޮތަށް ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މިސަރަހައްދުގައި ޕާކެއް ޤާއިމުކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.