Last Updated: August 15, 14:32
Friday, August 15, 2025
ޚަބަރު

ފުލިދޫ ބަނދަރު ހެދުން އެމްޓީސީސީ އަށް

ވ. ފުލިދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފިއެވެ.

މި މަސައްކަތް އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 465 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫގެ ދަށުން އައު ބަނދަރު ފުން ކުރުމާއި، ނެރު ފުން ކުރުމާއި، ބިން ހިއްކުން، ބްރޭކް ވޯޓަރ ހެދުން، ރިވެޓްމެންޓް ޖެހުން، ނެރުފައިކަށި ޖެހުން އެއްގަމު ތޮށި ޖެހުން، ކޮންކްރީޓް ބްރިޖް ހެދުން، މަގުބައްތި ހަރުކުރުން، އަދި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

ވ. ފުލިދޫ ބަނދަރު ހެދުމުގެ މަޝްރޫއަކީ 63,466,824.24 ރުފިޔާގެ މަޝްރޫއެވެ.