Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

އަލްހާން އެނބުރި އެމްޑީޕީ އަށް

ފޮޓޯ: ވަގުތު

ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާ އަލްހާން އަލުން ގުޅިވަޑައިގެންނެވި ފޯމާ ހަވާލުވެވަޑައިގެންފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއެވެ.

އެމްޑީޕީގެ ކުރީގެ ނައިބު ރައީސްގެ މަގާމު އަދާކުރެއްވި އަލްހާން ފަހުންވަނީ ޕީޕީއެމް އަދި ޖުމްހުރީ ޕާޓީއާއެކު ވެސް މަސައްކަތް ކޮށްފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ މާލެސިޓީގެ މޭޔަރުގެ މަގާމަށްވެސް އަލްހާން ވާދަކުރެއްވިއެވެ.

މެމްބަރު އަބްދުﷲ ޖާބިރުގެ ފާމުދޭރީ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އަލްހާން އެމްޑީޕީއާ ގުޅުނުއިރު ރޭގެ ރަސްމިއްޔާތުގައި އަލްހާން ވާހަކަވެސް ދައްކާފައިވެއެވެ.

އަލްހާން އެމްޑީޕީއާ ގުޅެފައިމިވަނީ މަކަރާއި ހީލަތް ހަދައިގެން މީހުން އަތުން ފައިސާ ނަގައި މަނީލޯންޑާ ކުރިކަމަށް ބުނެ ފުލުހަށް ހާޒިރު ކޮށްފައިވަނިކޮށެވެ. އަދި މިފަހުން ފުލުހުން ވަނީ މިމައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އަލްހާންގެ ޕާސްޕޯޓްވެސް ހިފަހައްޓާފައެވެ.