Last Updated: August 15, 14:32
Friday, August 15, 2025
ޚަބަރު

ބ. އަތޮޅަށް ދަތުރުކުރި ދޯންޏެއް އަޑިއަށް

މާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް އަޑިއަށްދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ މާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ދަރަވަންދޫއާ ދިމާ ބޭރުން އަޑިއަށްދާކަމަށް މިއަދު 10:40 ހާއިރު މައުލޫމާތު ލިބުމުން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެ ދޯނީގައި ތިބި އެންމެންވެސް ފުލުހުންގެ ލޯންޗަށް މިހާރު ނަގާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެ ދޯނީގައި ތިބީ ދިވެއްސަކާއި 12 ބިދޭސީންނެވެ.

ފުލުހުން ބުނެފައިވަނީ މި ބޯޓުން ނެގި އެންމެންގެވެސް ހާލު ރަނގަޅު ކަމަށެވެ.