އެކްޓަރު ދަނޫޝް ބަތަލުގެ ރޯލު ކުޅޭ ގޮތަށް ޑައިރެކްޓަރު އާނަންދު އެލް ރާއީ މިދިޔަ ޖޫން މަހު އިއުލާންކުރި ފިލްމު "ތެރެ އިޝްގު މޭ" ގެ ބަތަލާގެ ރޯލު ކިއާރާ އަދުވާނީ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނި ގޮތުގައި މިކަމާ ގުޅޭ ގޮތުން މިހާރު މަޝްވަރާތަކެއް ކުރަމުން އަންނަ އިރު، ފައިނަލްވުމުން އެކަން ރަސްމީކޮށް އިއުލާންކުރާނެ އެވެ "ތެރެ އިޝްގު މޭ" ގެ ބަތަލާ އަކީ ކިއާރާ އަށް ވެއްޖެ ނަމަ މި ފިލްމު ވާނީ އެކްޓަރު ސިދާތު މަލްއުތުރާގެ އަންހެނުން ދަނޫޝް އާއި އާނަންދާ އެކީ މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓަށެވެ.
ކިއާރާ އަކީ މިހާރު ބޮލީވުޑްގައި ތިބި އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑު ބޮޑު ބަތަލާއިންގެ ތެރެއިން އެކެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރު އެންމެ ހިނގި އެއް ފިލްމު ކަމަށްވާ ކާތިކް އާރިއަނާ އެކީ ކުޅުނު "ސަތިއަޕްރޭމް ކީ ކާތާ" އެވެ.
ވަރަށް އަސަރު ގަދަ ލޯބީގެ ވާހަކައަކަށް ހަދަން ނިންމާފައިވާ "ތެރެ އިޝްގު މޭ" އިއުލާންކުރީ ޖޫން 21 ގަ އެވެ. ނަމަވެސް މި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް ފަހަކުން ހާމައެއްނުކުރެ އެވެ. އާނަންދުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އަކްޝޭ ކުމާރާ އެކީ ގެނެސްދިން "ރަކްޝާ ބަންދަން" އެވެ.
އާންމުކޮށް ތަމަޅަ ފިލްމު ކުޅޭ ދަނޫޝްއާ އެކީ އާނަންދު ގެނެސްދިން ފިލްމުތަކުގެ ތެރޭގައި 2023 ގެ "ރާންޖަނާ" އާއި 2021 ފެ "އަތުރަންގީ ރޭ" ހިމެނެ އެވެ.
"ތެރެ އިޝްގު މޭ" އަކީ ހިމާންޝޫ ޝަރުމާ އާއި ނީރަޖް ޔާދަވްގެ ސްކްރީންޕްލޭއަކަށް ހަދާ އަދި އޭއާރް ރަހްމާން މިއުޒިކް ހަދާ ފިލްމެކެވެ.