Last Updated: June 28, 13:55
Sunday, June 28, 2026
ޚަބަރު

"ދަތުރުފަތުރުގެ ކަންކަން އަންނަ މާޗް މަހު ހައްލުވާނެ"

އައްޑޫގެ އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ކަންކަން އަންނަ މަހު މުޅިން ހައްލުވާނެ ކަމަށް ހިދްމަތްދޭ ކުންފުނި އެމްވީކޭއިން ބުނެފިއެވެ.

އެމްވީކޭ އާއި ޓްރާންސްޕޯޓްގެ ކަންތައް ބަލަހައްޓަމުން އަންނަ އިކްނޮމިކް މިނިސްޓްރީ އާއި އައްޑޫ ސިޓީ ކައުންސިލާއި އެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެމްވީކޭގެ މެނޭޖަރ މަސްއޫދު ސައީދު ވިދާޅުވީ ޝެޑިއުލްކޮށް ދަތުރުތައް އަންނަ މާޗް މަހު ފެށިގެންދާނެ ކަމަށެވެ.
10990783_520819748060290_1182614659405556693_n
މަސްއޫދު ވިދާޅުވީ، ހިދްމަތް ފޯރުކޮށްދޭން ބޭނުން ކުރަމުން އަންނަ ފެރީ އާއި އުޅަނދުތަކަށް ބޮޑެތި މަރާމާތު ބޭނުންވާ ކަމަށާޢި، އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި ކުރިން ދަތުރު ކުރި ގޮތަށް ފުވައްމުލަކަށް ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށް މަަސްއޫދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރ އަބްދުއް ލަތީފް މުހައްމަދު ވިދާޅުވީ އެމްވީކޭއިން އައްޑޫގައި ދަތުރުފަތުރު ކުރަމުންދާ ގޮތް ވަރަށް ގާތުން ބަލަމުންގެންދާނެ ކަމަށެވެ. އަދި މި މަސައްކަތުގައި ކައުންސިލުން އެއްބާރުލުން ލިބިގެންދާނެކަމަށް ލަޠީފް ވިދާޅުވިއެވެ.

އައްޑޫގެ އެއްގަމާއި ކަނޑުގެ ދަތުރުފަތުރުތައް އެކަށީގެންވާ ގޮތެެއްގައި ފޯރުކޮށް ނުދެވޭތީ އެކަމުގެ ޝަކުވާ ކަމާއި ބެހޭ ފަރާތަކަށް ކައުންސިލުން ވަނީ އެތައް ފަހަރެއްގެ މަތިން ހުށަހަޅާފައެވެ. އަދި އެމްވީކޭއަށް ހިދްމަތް ފޯރުކޮށް ދިމުނަށް ބޭނުންވާ ބިން ކައުންސިލުން ވަނީ ހަމަޖައްސާދީފައެވެ.