Last Updated: June 28, 13:55
Sunday, June 28, 2026
ސިޔާސީ

ފޭދޫ އެމްޑީޕީ ނައިބް ރައިސް ޕީޕީއެމަށް

ފޭދޫ ދާއިރާގެ ކުރީގެ ކައުންސިލަރު އަހްމަދު މިރުޒާދުގެ ބޭބެ އެމްޑީޕީ ފޭދޫ ދާއިރާގެ ނައިބް ރައީސް މުހައްމަދު މިރުޒާދު ޕީޕީއެމް އާއި ގުޅިއްޖެ އެވެ.

މިރުޒާދު ޕީޕީއެމް އަށް ސޮއިކޮށްފައިވަނީ މިއަދު މުލިއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެމްޑީޕީގެ ފޭދޫގެ އިސް އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އައި މިރުޒާދު ޕީޕީއެމް އަށް ސޮއި ކުރުމާއި ގުޅިގެން، ކުރިން އޭނާއަށް ބޮޑެތި ފާޑުކިޔަމުން އައި ޕީޕީއެމްގެ ގިނަ މީހުން ވަނީ މަރުހަބާ ކިޔާފައެވެ.

މިރިޒާދު ޕީޕީއެމް އާ ގުޅުނު އިރު އޭނާގެ ކޮއްކޮ މިރުޒާދުއަށް ސަރުކާރުން ވަނީ ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުކަން ދާދި ފަހުން ދީފައެވެ.