ފާއިތުވި ހަ އަހަރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އާއްމު ބަލިތަކަށް ފަރުވާ ދެއްވި ޑރ. ޒުލްފިޤާރު އައިއެމްޑީސީ ހޮސްޕިޓަލުގައި މަސައްކަތް ކުރަން ފައްޓަވައިފި އެވެ.
އައިއެމްޑީސީގެ އިސްއޮފިޝަލަކު ވިދާޅުވީ، ޒުލްފިޤާރު މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން ހޮސްޕިޓަލްގައި މަސައްކަތް ކުރަން ފައްޓަވާފައިވާ ކަމަށެވެ.
ޒުލްފިޤާރު އައިއެމްޑީސީ އާއި ގުޅުނުއިރު ކުރިން ހިތަދޫ ރިޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވި ޑރ. ޝަހީދުވެސް އަންނަނީ މިތަނުގައި މަސައްކަތް ކުރަމުންނެވެ.
އައިއެމްޑީސީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށާފައިވާ އިރު ތަނުގެ ޖާގަ އިތުރު ކުރުމުގެ މަަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރިއަށް އެބަގެންދެއެވެ. އަދި ތަނަށް އިތުރު ވަސީލަތްތައް ހޯދުމާއި އާ ޑޮކްޓަރުން ހޯދުމުގެ މަސައްކަތްވެސް ހޮސްޕިޓަލުން އަންނަނީ ކުރަމުންނެވެ.