އައްޑޫ ސިޓީ ފޭދޫގެ ބޮޑު މަގުގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރުމުގެ ގޮތުން ސާވޭ ކުރުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ސާވޭ ސެކްޝަނުން ފަށައިގެން ކުރިއަށް އެބަގެންދެ އެވެ.
ސާވޭގެ މަސައްކަތް ކުރިއަށް ގެންދާތާ މިހާރު ދެ ދުވަަސް ވެފައިވާއިރު ސާވޭ ނިމުމުން މަސައްކަތް ކުރަން ކައުންސިލުން ހަވާލުކޮށްފައި ވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާ އެވެއަމަލީ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްއާރްޑީސީގެ އޮފިޝަލް ވިދާޅުވި ގޮތުގައި 45 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ މި މަސައްކަތުގެ ދަށޫން ފޭދޫ ބޮޑު މަގުގައި އެންމެ ބޮޑަށް ފެންބޮޑު ވާ ސަރަހައްދުތަކުގައި ހޮޅި ވަޅުލައި މޫދަށް ފެން ބޭރު ކުރެވޭ ގޮތަށް ހަދަން ވަނީ ހަމަޖެހިފައެވެ.