ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ އޮބްޒާވަރުން އިންތިހާބު އޮބްޒާވް ކުރަމުން ގެންދާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެޗްއާރްސީއެމުން ބުނެފައިވަނީ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް އެޗްއާރްސީއެމްގެ އޮބްޒާވަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އިންތިހާބު ނިމި ވަގުތީ ނަތީޖާ އިއުލާންކުރުމާ ހަމަޔަށްވެސް ކޮމިޝަނުގެ އޮބްޒާވަރުން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.
ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް އެޗްއާރްސީއެމްގެ އޮބްޒާވަރުން އަންނަނީ ހަރަކާތްތެރިވަމުން. އިންތިޚާބު ނިމި ވަގުތީ ނަތީޖާ އިއުލާންކުރުމާ ހަމަޔަށްވެސް ކޮމިޝަނުގެ އޮބްޒާވަރުން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ.#MVElection2023
— HRC of the Maldives (@hrcmv) September 9, 2023
އެޗްއާރްސީއެމްގެ އިތުރުން އީޔޫގެ ވަފުދަކުން ވެސް އަންނަނީ ރިޔާސީ އިންތިހާބު އޮބްޒާވް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އީޔޫގެ 40 އޮބްޒާވަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
#EUEOM2023mv: Just moments away from the polls opening in Maldives. EUEOM Chief Observer @NachoSAmor observing the final preparations at Majeediyya School, Male'. Our team of 40 EU observers is ready to observe election process across the Maldives. pic.twitter.com/nJfHlSBZ7r
— EUEOMMaldives2023 (@eueommaldives23) September 9, 2023
ހެނދުނު 08:00 ގައި ވޯޓުލުން ފެށިފައިވާއިރު ހަވީރު 04:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ. މިއަހަރުގެ އިންތިހާބުގައި ޖުމުލަ 282،395 މީހުންނަަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އިންތިހާބަށް ޖުމުލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެތެރެއިން މާލެ ސަރަހައްދުގައި 176 ފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގައި 8 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.