Last Updated: August 15, 14:32
Friday, August 15, 2025
ޚަބަރު

ކެންޑިޑޭޓް ޤާސިމް ވޯޓު ލައްވައިފި

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓުގައި އިންތިހާބުގައި ވާދަކުރައްވާ އެޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވޯޓު ލައްވައިފިއެވެ.

ހެނދުނު 08:00 ގައި ވޯޓުލުން ފަށާފައިވާއިރު ހަވީރު 04:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ.

ޖޭޕީގެ ކެންޑިޑޭޓް ޤާސިމް އިންތިހާބުގައި ވޯޓު ލައްވާފައިވާއިރު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފްވެސް ވަނީ އިންތިހާބުގައި ވޯޓުލައްވާފައެވެ.

މިއަހަރުގެ އިންތިހާބުގައި ޖުމުލަ 8 ކެންޑިޑޭޓަކު ވާދަކުރައްވައެވެ.

މިއިންތިހާބުގައި ޖުމުލަ 282،395 މީހުންނަަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އިންތިހާބަށް ޖުމުލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެތެރެއިން މާލެ ސަރަހައްދުގައި 176 ފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގައި 8 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.