މޮރޮކޯ އަށް ރޭ އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން 200 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރިކްޓާ މިންގަނޑުން 6.8 ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން މިހާތަނަށް 296 މީހަކު މަރުވެފައިވެ އެވެ. މޮރޮކޯގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި ބިން ހެލުން އައިސްފައި ވަނީ ރޭ 11:11 އެހާކަށްކާ އިރު، މަރަކޭޝްގެ ދެކުނުއިރުމަތީ ހިސާބުތަކަށެވެ. އަދި ބިން ހިންހެލުމުގެ އަސަރު އެ ގައުމުގެ ސިޓީތަކަށް ކުރި އެވެ.
ބިން ހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި މަރަކޭޝްގެ ކަމާބެހޭ އިދާތަކުން މިހާރު އަންނަނީ ބިންހެލުމާ ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ބިން ހެލުމާ ގުޅިގެން ގިނަ ބަޔަކު ބިރުން، ގެތަކާއި އިމާރާތްތަކުން ނުކުމެ މިހާރު ތިބީ މަގުތައްމަތީގަ އެވެ. ބިންހެލުމުގައި ބައެއް އިމާރާތްތައް ވެސް ވެއްޓި، ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ.
ބައެއް މީހުން ބުނި ގޮތުގައި ފުރަތަމަ އައި ބިންހެލުމަށް ފަހު، ބިންހެލުންކުގެ އިތުރު ލޮޅުންތަކެއް ވެސް އަ އެވެ. އެގޮތުން 6.8 ބާރުގައި އައި ބިންހެލުމަށް ފަހު 4.8 ބާރުމިނުގައި އިތުރު ބިންހެލުމެއް ރެކޯޑްކުރެވިފައިވެ އެވެ.