Last Updated: August 15, 11:13
Friday, August 15, 2025
ޚަބަރު

އިލްޔާސާއި ނާޒިމް ވޯޓު ލައްވައިފި

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް އަދި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް އިންތިހާބުގައި ވޯޓު ލައްވައިފިއެވެ.

ހެނދުނު 08:00 އިން ފެށިގެން ވޯޓުލުން ކުރިއަށްގެންދާއިރު އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ރަނިންމޭޓުންވެސް އަންނަނީ ވޯޓުލައްވަމުންނެވެ.

އެގޮތުން އިލްޔާސް އަދި ނާޒިމް ވޯޓު ލެއްވިއިރު ޤާސިމް އިބްރާހިމް އަދި ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ވޯޓުލައްވާފައެވެ.

ފޮޓޯ: އެމްއެންޕީ

މިއަހަރުގެ އިންތިހާބުގައި ޖުމުލަ 8 ކެންޑިޑޭޓަކު ވާދަކުރައްވައެވެ.

މިއިންތިހާބުގައި ޖުމުލަ 282،395 މީހުންނަަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އިންތިހާބަށް ޖުމުލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެތެރެއިން މާލެ ސަރަހައްދުގައި 176 ފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގައި 8 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.