ރިޔާސީ އިންތިހާބުގައި މިހާތަނަށް 36،000 އަށްވުރެއް ގިނަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ 10:00 އާ ހުރި ތަފާސް ހިސާބުތައް ހާމަކޮށްފައެވެ.
އެގޮތުން މިހާތަނަށް ވޯޓުލާފައިވަނީ ޖުމުލަ 36،163 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ 22،403 ފިރިހެނުންނާއި، 13،760 އަންހެނުންނެވެ. މިއީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން 12.81 އިންސައްތައެވެ.
މި އިންތިހާބުގައި ޖުމުލަ 246،232 މީހުނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.
ރިޔާސީ އިންތިޚާބު 2023 ގެ ހެނދުނު 10:00 އާ ހަމައަށް ވޯޓުލާފައިވާ މީހުންގެ ނިސްބަތް pic.twitter.com/EHXtdzPwvs
— Elections Commission (@ElectionsMv) September 9, 2023
ހެނދުނު 08:00 ގައި ވޯޓުލުން ފެށިފައިވާއިރު ހަވީރު 04:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ. އިންތިހާބަށް ޖުމުލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެތެރެއިން މާލެ ސަރަހައްދުގައި 176 ފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގައި 8 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.