ކޮވިޑްގެ ތެރޭގެ ހާދިސާތަކެއް ދައްކުވައި ދޭނެ ފިލްމު "ދަ ވެކްސިން ވޯ" މި މަހުގެ 28 ގައި ރިލީޒްކުރަން ނިންމައި، އޭގެ ޕޯސްޓަރު ދައްކާލައުފި އެވެ.
މި ފިލްމަކީ މިދިޔަ އަހަރު ބޮކްސް އޮފީހުގައި އެންމެ ހިނގި ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދަ ކަޝްމީރު ފައިލްސް" ގެނެސްދިން ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީ ހަދާފައިވާ އެއްޗެކެވެ.
މެޑިކަލް ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "ވެކްސިން ވޯ" ގެ ކާސްޓްގައި "ދަ ކަޝްމީރު ފައިލްސް" ގައި ކުޅުނު ރޯލަށް އެންމެ މޮޅު ސަޕޯޓިން ބަތަލާގެ ނެޝަނަލް އެވޯޑް މި އަހަރު ކަށަވަރުކުރި އޭނަގެ އަންހެނުން ޕައްލަވީ ޖޯޝީ އާއި ނާނާ ޕަޓޭކަރާއި ރައިމާ ސެން އަދި އަނޫޕަމް ކޭރް ހިމެނެ އެވެ.
ވިވެކް ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި "ޗޮކްލެޓް"، "ހޭޓް ސްޓޯރީ" އަދި "ދަ ޓަޝްކެންޓް ފައިލްސް" ހިމެނެ އެވެ.