އއ. ރަސްދޫގައި ވޯޓު ފޮއްޓާ ހަވާލުވެ ހުރި ފަރާތް މަގާމުން ދުރުކޮށްފިއެވެ.
ރަސްދޫގައި ހަމަނުޖެހުމެއް ހިނގާ ވޯޓުލުން ވަނީ މެދުކެނޑިފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިޤްރާރާ ޚިލާފުވުމުގެ ސަބަބުން އއ. ރަސްދޫގައި ވޯޓު ފޮއްޓާ ހަވާލުވެ ހުރި ފަރާތް މަގާމުން ދުރުކޮށްފައިވާ ކަމަށެވެ. އަދި އެ މަގާމަށް އެހެން މީހަކު އައްޔަނު ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރަސްދޫގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ވޯޓުލުން މެދުކެނޑިފައި އޮތްނަމަވެސް މިހާރު ވަނީ ހަމަނުޖެހުންތައް ނިމުމަކަށް އައިސްފައެވެ. އެހެންނަމަވެސް އަދިވެސް ވޯޓިލުން ފެށިފައެއް ނުވެއެވެ.