Last Updated: June 5, 22:30
Saturday, June 6, 2026
ޚަބަރު

ތުޅާދޫގައި ވޯޓު ކަރުދާސް ފޮޓޯ ނެގި މައްސަލައެއް

ތުޅާދޫގައި ވޯޓު ކަރުދާސް ފޮޓޯ ނެގި މައްސަލައެއް އިލެކްޝަންސް ކޮމިޝަނުން ބަލަން ފަށައިފިއެވެ.

އީސީން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ކުދި ކުދި މައްސަލަތައް ދިމާވެފައިވާ ކަމަށެވެ.

އެގޮތުން ތުޅާދޫގައި ވޯޓުލީ މީހަކު ވޯޓު ކަރުދާހުގެ ފޮޓޯނެގި މައްސަލައެއް ފާހަގަކުރެވިފައިވާކަމަށް ހަބީބް ވިދާޅުވިއެވެ. މީގެއިތުރުން ރަސްދޫގައި ދިމާވި މައްސަލަ ހައްލުކޮށް ވޯޓުލުން ކުރިއަށްދާކަމަށް ވެސް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ވޯޓުލުމުގެ ކަންކަން ރަނގަޅަށް އަމާންކަމާއި އޮމާންކަމާއެކު ކުރިއަށްދާކަމަށެވެ.

މިއިންތިހާބުގައި ޖުމުލަ 282،395 މީހުންނަަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އިންތިހާބަށް ޖުމުލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެތެރެއިން މާލެ ސަރަހައްދުގައި 176 ފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގައި 8 ވޯޓު ފޮށި ބަހައްޓާފައިވެއެވެ