Last Updated: August 15, 11:13
Friday, August 15, 2025
ޚަބަރު

2 އަހަރުގެ ކުއްޖާ ރޭޕްކުރި މުނިކާފަ މަރުވެއްޖެ

ޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގއ. ކަނޑުހުޅުދޫ އަންނާރުމާގޭ ހަސަން މޫސާ ދީދީ މިއަދު މަރުވެއްޖެއެވެ.

ހަސަން މޫސާ ދީދީ ކަނޑުހުޅުދޫގައި މުނިކާފަ ކިޔާ ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ފަރާތެކެވެ.

ކަރެކްޝަނަލް ސާވިސްއިން ބުނެފައިވަނީ ހަސަން މޫސާ ދީދީ ހަރަކާތްނުކުރާކަން ފާހަގަކުރެވިގެން، އެމެޖެންސީކޮށް ހުޅުމާލޭ ހޮސްޕިޓަލަށް މިއަދު ހެނދުނު ގެންދިއުމުން، ޑޮކްޓަރ ބެލުމަށްފަހު 9:55 ހާއިރު އޭނާ މަރުވެފައިވާކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އޭނާ މަރުވީ ހިތްހުއްޓިގެންކަމަށް ބުނެފައިވެއެވެ.

މީނާއަކީ މުސްކުޅި ބަލީގެ ސަބަބުން އެއްގޮތަކަށްވެސް ހިނގާ ބިނގާ ނޫޅެވޭ، އެނދުމަތިވެފައިވާ މީހެއް ކަމަށް ކަރެކްޝަންސްއިން މައުލޫމާތުދެއެވެ.

ކަރެކްޝަންސްއިން ބުނެފައިވަނީ އޭނާ މަރުވުމުން ވަގުތުން އެކަން އާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާ ކަމަށެވެ.