Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

އަންނަ އަހަރު "ވެލްކަމް ޓު ޖަންގަލް" އަށް

ބޮޑު ކާސްޓަކާ އެކީ ބޮލީވުޑްގެ ކޮމެޑީ ފްރެންޗައިޒް "ވެލްކަމް" ގެ ތިން ވަނަ ބައި "ވެލްކަމް ޓު ޖަންގަލް" މިއަދު ރަސްމީކޮށް އިއުލާންކޮށް، އޭގެ މޯޝަން ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.

ފީރޯޒް ނަދިއަދުވާލާ ޕްރޮޑިއުސްކުރާ ފިލްމުގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ މަޝްހޫރު ކޮރިއޮގްރާފަރު އަހުމަދު ޚާނެވެ. ވަރުގަދަ އެކްޝަން ފިލްމުތަކެއް ކަމަށްވާ "ބާގީ 2" އާއި "ބާގީ 3" ޑައިރެކްޓަރު އަހުމަދުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ހީރޯޕަންތީ 2" އެވެ.

އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "ވެލްކަމް ޓު ޖަންގަލް" ގެ ކާސްޓަށް ކުރީގެ ދެ ފިލްމުގައި ވެސް މުހިއްމި ރޯލެއް ކުޅުނު އަކްޝޭ ކުމާރުގެ އިތުރުން ރަވީނާ ޓަންޑަން، ސުނިލް ޝެޓީ، ޑިޝ ޕަޓާނީ، އަރުޝަދު ވަރްސީ، ޖެކްލިން ފެނަންޑޭޒް، ސަންޖޭ ދަތު، ޕަރޭޝް ރާވަލް، ތުޝާރު ކަޕޫރް، ޖޯނީ ލީވާ، ރާޖްޕަލް ޔާދާވް، ޝްރެޔަސް ތަލްޕަޅޭ، ކްރުޝްކާ އަބީޝެކް، ކިކީ ޝްރަދާ، ލާރާ ދައްތާ، ޝާރިބު ހާޝިމީ، މުކޭޝް ތިވާރީ އަދި ޒާކިރު ހުސައިން ނަގާފައިވެ އެވެ.

މީގެ އިތުރުން މީގެ ކާސްޓްގައި ލަވަކިޔުންތެރިޔާ މިކާ ސިންގް އާއި އޭނަގެ ބޭބެ ޑެލަރު މެހެދީ ވެސް ހިމެނެ އެވެ.

އަނީސް ބަޒްމީ ޑައިރެކްޓްކޮށް "ވެލްކަމް" 2007 ގައި ގެނެސްދިނުމަށް ފަހު "ވެލްކަމް ބެކް" ރިލީޒްކުރީ 2015 ގަ އެވެ،