Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ޕާސްޕޯޓް ހަދާއިރު 10 އިނގިލީގެ ނިޝާން ނަގަނީ

އެއާޕޯޓްގެ ޓާމިނަލްގެ ބޭރުގައި ދެ މުވައްޒަފަކު މަޑުކޮށްލައިގެން. ފޮޓޯ/ އައްޑު ލައިވް

ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އަލަށް ޕާސްޕޯޓް ދޫކުރާއިރު ވެރިފަރާތުގެ ހުރިހާ އިނގިލިން ފިންގަޕްރިންޓް ނަގަން އިމިގްރޭޝަނުން ނިންމައިފި އެވެ.

އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނީ އަލަށް ޕާސްޕޯޓް ދޫކުރާއިރު އެބަދަލާއެލު ޕާސްޕޯޓް ހަދައިދޭ ގޮތަށް ހަމަޖެއްސީ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް ފެންވަރު މަތިކުރަން ކަމަށެވެ.

މީގެ ކުރިން ނިޝާން ނަގަނީ ވާތާއި ކަނާތުގެ ބޮޑުވާ އިނގިލިންނެވެ. އެ ޑިޕާޓްމަންޓުން ބުނީ މިބަދަލުގެނައި ނަމަވެސޕާސްޕޯޓްގެ މުއްދަތު ހަމަވުމުން، އަލުން ޕާސްޕޯޓް ހައްދާއިރު ހުރިހާ އިނގިއްޔެއްގެ ބަދަލުގައި ކާކުކަން ދެނެގަތުމަށްޓަކައި އަތުގެ އެއް އިނގިއްޔެއްގެ ނިޝާނުން ފުދޭނެ ކަމަށާއި އަދި އަލަށް ގެނައި ބަދަލާއެކު ދައްޗާ ކުރިމަތިވި މިއީ ރައްކާތެރިކަމަށްޓަކައި ގެނައި ބަދަލެއް ކަމަށެވެ.