މޮރޮކޯ އަށް ރޭ ދަންވަރު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 800 އިން މައްޗަށް އަރައިފި އެވެ.
އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މޮރޮކޯޝްގެ މަޝްހޫރު ސިޓީއެއް ކަމަށްވާ މަރަކޭޝް އަށް 6.8 ބާރުމިނުގައި އައި ބިންހެލުމުގައި މަރުވި މީހުންފގެ އަދަދު މިހާތަނަށް ވަނީ 820 އަށް އަރައިފަ އެވެ. ބިންހެލުމާ ގުޅިގެން އަނިޔާވި 672 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
މި ބިންހެލުން އައިސްފައި ވަނީ މޮރޮކޯ ގަޑިން ރޭ 11:11 އެހާކަށްހާ އިރު، އެވެ. ފުރަތަމަ އައި ބިންހެލުމުގެ ފަހުން އިތުރު ބިންހެލުންތަކެއް ލޮޅުން ވެސް އަރާފައިވެ އެވެ. އަދި މޮރޮކޯގެ އެހެން ސިޓީތަކަށް ވެސް ބިންހެލުމުގެ އަސަރުކުރި އެވެ. މި ހާދިސާގައި ގިނަ އިމާރާތްތަކެއް ވެއްޓި، ބޮޑެތި ގެއްލުންވެފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބިންހެލުމުގައި މަރުވި މީގުންގެ އަދަދު އަދިވެސް މައްޗަށް ދިއުމުގެ ފުރުސަތު ބޮޑެވެ. މަރަކޭޝް އަކީ 840،000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ސިޓީއެކެވެ.
ބިންހެލުމާ ގުޅިގެން ބައިނަލްއަގުވާމީ ދުނިޔެއިން މިހާރު އަންނަނީ މޮރޮކޯ އަށް އެހީވެ، އެހީތެރިކަން ފޯރުކޮށް ދިނުމަށް މަސައްކަތްކުރަމުންނެވެ. އެކަމަށް އދ. އިން ވެސް ގޮވާލާފައިވާ އިރު، އެހީ ފޯރުކޮށް ދޭން ފެށި ގައުމުތަކުގެ ތެރޭގައި ޔޫއޭއީ، ފްރާންސް، އިޒްރޭލް އަދި އެމެރިކާ ހިމެނެ އެވެ.