Last Updated: August 15, 11:13
Friday, August 15, 2025
ޚަބަރު

ޖެހުނު ހިސާބު ގޯސް: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް - ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރިޔާސީ އިންތިހާބަށް ޖެހުނު ހިސާބު ގޯސްކަމަށާއި ކުރަންޖެހޭ ކަންކަން ސާފު ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިއްޔަ ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ސާފުވެފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބުނީ ދެވަނައެވެ.

އެކަމާ ގުޅިގެން ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖެހުނު ހިސާބު ގޯސް ކަމަށާއި ކުރަންޖެހޭ ކަންކަން ސާފުކުރެވިއްޖެ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ކެމްޕޭން ރުކުރުވާލާ، ނިކުންނަނީ ބުރަ މަސައްކަތާއެކު މި އިންތިހާބު ކާމިޔާބު ކުރަން ކަމަށެވެ. އަދި މިރާއްޖެ އަނިޔާވެރިކަމާ ދިމާލައް އަނބުރާ ދިޔަނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށެވެ.

އިންތިހާބުގެ ހުރިހާ ވޯޓު ފޮށްޓެއް ގުނާ ނިމިފައިވާއިރު މުއިއްޒު ވަނީ 101،128 ވޯޓު ހޯއްދަވާފައެވެ. އެއީ ވޯޓުލީ މީހުންގެ 46 ޕަސެންޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 85،989 ވޯޓެވެ. އެއީ 39 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.