Last Updated: June 8, 11:47
Monday, June 8, 2026
ޚަބަރު

ހިތަދޫ ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ބޭންކް އޮފް މޯލްޑިވްސް ހިތަދޫ ބްރާންޗް ކުރިމަތިން ލިންކް ރޯޑް ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މަންޒަރު ދުށް މީހަކު އައްޑޫ ލައިވަށް މައުލޫމާތު ދެމުން ބުނީ އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރެއް ސައިކަލެއްގައި ޖެހިގެން ކަމަށެވެ. ސައިކަލު ދުއްވަން އިން ސ.ހިތަދޫ ސަފާ، އަލީ ފަހުމީގެ ފައި ބިނދިފައިވާ ކަމަށް ބައެއް ފަރާތް ތަކުން މައުލޫމާތު ދިން ނަމަވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން އަދި މިކަން ކަށަވަރު ކުރެވޭ ގޮތް ވަނީ ނުވެފައެވެ.އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާއަށް އެއްވެސް އަނިޔާއެއް ނުވި ނަމަވެސް ކާރަށް ގެއްލުން ވެފައިވެއެވެ.

އަލީ ފަހުމީ ހޮސްޕިޓަލަށް ގެންދިއުމަށް އެންބިއުލާންސަށް އަރުވަނީ. ފޮޓޯ : ފޭސް ބުކް
އަލީ ފަހުމީ ހޮސްޕިޓަލަށް ގެންދިއުމަށް އެންބިއުލާންސަށް އަރުވަނީ. ފޮޓޯ : ފޭސް ބުކް

ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފަކު އައްޑޫ ލައިވަށް މައުލޫމާތު ދެމުން ބުނި ގޮތުގައި އެކްސިޑެންޓްގައި ޒަޚަމް ވެގެން ގެނައި މީހާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށެވެ.

ހިތަދޫ ޕޮލިހުން މައުލޫމާތު ދެއްވި ގޮތުގައި އެކްސިޑެންޓާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވި ނަމަވެސް މި އެކްސިޑެންޓްގެ މައްސަަލަ ހިތަދޫ ޕޮލިހުން މިހާރު ގެންދަވަނީ ތަހުގީގް ކުރައްވަމުންނެވެ.