އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ޑާކް ކޮމެޑީ ފިލްމު "ޖޯކަރު" ގެ ޕްރޮމޯޝަނަލް ލަވަ "ވަގުންގެ ޖަގަޑާ" ޔޫޓިއުބަށް ދޫކޮށްލައިފި އެވެ.
މަރިޔަމް އަޝްފާ އާއި ހަސަން ތޮލާގް ކިޔާފައިވާ ލަވަ ގެނެސްދީފައި ވަނީ ފިލްމުގެ ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ކުރީގެ އަންހެނުން ބަތަލާ ފާތުމަތު ފަރީލާ އާއި ބެކް ޑާންސަރުންތަކެއްގެ ނެށުންތަކަކާ އެކީގަ އެވެ.
"ޖޯކަރު" ޕްރީމިއާކުރީ މި މަހުގެ 5 ގަ އެވެ. ޔޫއްޕެ ލިޔެ، ޑައިރެކްޓްކުރި ފިލްމުގެ ކާސްޓްގައި އަހުމަދު ނިމާލު، ޝީލާ، ނަޖީބު، އަހުމަދު ސައީދު، އަލީ އާޒިމް (ދޮން އައްޔަ) ،ނާޝިދާ މުހައްމަދު (ނާއްކޮ)، އިބްރާހީމް ރަޝީދު (ބްރޯ)، ހަމްދާން ފާރޫގް، އަހުމަދު ރިފްޝާން، ޝަހީދާ އަހުމަދު، މޫސާ އަލީފާއި އީމަން އަދި ނަސްވީ ހިމެނެ އެވެ.
މި ފިލްމަކީ އޮލިމްޕަހުގައި މި އަހަރު އެޅުވި ހަ ވަނަ ފިލްމެވެ.